ads
ފައްޔާޒު އިސްމާއިލް-- ފޮޓޯ: އައްޑޫލައިވް
ސަރުކާރުން ކަންކަން ކުރަނީ ފޮޓޯއެއް ނަގާކަށް ނޫން: ފައްޔާޒު
ސަރުކާރުން ކަންކަން ކުރަނީ ހަމައެކަނި ފޮޓޯއެއް ނެގުމަށް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެެއާޕޯޓާއި ހުވަދޫ އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި މޯލްޑިވިއަން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކުގެ ފަތުރުވެރިކަން ފުޅާކުރުޖމަށް ސަރުކާރުގެ ފަރާތުން ވަށާޖެހޭ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. 

އެގޮތުން ރިސޯޓު ހަދަން ދައުލަތުން އައްޑޫ އާއި ފުވައްމުލަކުން ދޫކުރާ ބިންތަކުން އަކަމީޓަރަކަށް ނަގަމުން އައި އަށް ޑޮލަރު ދެ ޑޮލަރަށް ތިރިކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ގެސްޓްހައުސް ހެދުމަށް ދޫކުރާ ބިންތަކުން އަކަމީޓަރަކުން ނަގަމުން އައި އަށް ޑޮލަރު އެއް ޑޮލަރަށް ތިރިކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ އިންވެސްޓަރުންގެ ޔަގީންކަން ހޯދުމަށް ކުރެވުނު ކަމެއް ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކުން ސަރުކާރަށް ދައްކަންޖެހޭ އަގުތައް ކުޑަވެގެންދާނެކަން ފާހަގަކުރެއްވި އެވެ. އަދި ޓޫރިޒަމް އެނދުތައް އިތުރުކުރާ ވަރަކަށް އިންޓަނޭޝަަލް ފްލައިޓުތައް ވެސް އިތުވާނެ ކަމަށާއި މުޅި ރާއްޖެއަށް ވެސް މަންފާކުރާނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް