ads
ޗެލްސީ ކުޅުންތެރިން
ޗެލްސީއަށް ފަސޭހަ މޮޅެއް
ޕްރިމިއާ ލީގުގައި ޗެލްސީން ކްރިސްޓަލް ޕެލަސް އަތުން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ކްރިސްޓަލް ޕެލަސްއާ ޗެލްސީގެ މެޗުން ޗެލްސީ މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީން ޖެހި ހަތަރު ލަނޑުވެސް އެ ޓީމުން ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީއަށް ފުރަތަމަ ގޯލް ޖަހައިދިނީ ޑިފެންޑަރު ބެން ޗިލްވެލްއެވެ. ޗެލްސީގެ ދެވަނަ ގޯލު ފަސްދޮޅަސް ހަވަނަ މިނިޓްގައި ޖަހާދިނީ ޑިފެންޑަރު ކާޓް ޒޫމާއެވެ.

މެޗުގެ ތިންވަނަ ލަނޑު އަދި ހަތަރުވަނަ ލަނޑު އެއީ ލިބުނު ޕެނަލްޓީ ތަކަކުން ޗެލްސީން ޖެހި ގޯލްތަކެކެވެ. ދެ ޕެނަލްޓީވެސް ޖެހީ ޖޯޖީނިއޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް