ads
ޔުނައިޓެޑްގެ ކެޕްޓަން--
ޓޮޓެންހަމް އަތްދަށުވެ ޔުނައިޓެޑަށް ލަދުވެތި ބައްޔެއް
ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޓޮޓެންހަމް އަތުން މެންޗެސްޓަ ޔުނައިޓެޑް ލަދުވެތި ނަތީޖާއަކުން ބަލިވެއްޖެއެވެ. ޔުނައިޓެޑް ބަލިވީ ހަ ލަނޑު އެއް ލަނޑުންނެވެ.

މިއީ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅެން ފެށި ފަހުންވީ އެންމެ ބޮޑު ބައްޔެވެ. އަދި މިއީ ޓޮޓެންހަމް ތާރީހުގައި ޔުނައިޓެޑް އަތުން ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

އާދިއްތަ ދުވަހުގެ ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީވެސް ޔުނައިޓެޑުންނެވެ. ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް ކުރި ހޯދައި ދިން ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ޓޮޓެންހަމުން ވަނީ އެއްވަރުކޮށްފައެވެ. އޭގެ ފަހުން ފަސް ލަނޑު ޖަހައި ޔުނައިޓެޑް ލަދު ގަންނަވާލީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް