ads
އަހުމަދު އަދީބު--
އަދީބުގެ މައްޗަށް ހުކުމް ކުރުން މިއަދު ހަވީރު
އަދީބުގެ މައްޗަށް ދައުވާތައް ސާބިތުވާނެ: ގާޒީ
އަދީބުގެ މައްޗަށް 20 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވޭ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އާއި ގުޅިގެން އޭނާގެ މައްޗަށް ހުކުމް ކުރުން މިއަދު ހަވީރު ބޭއްވުމަށް ނިންމައިފި އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އަށް އޭނާ އިއުތިރާފްވެފައިވާތީ މިއަދު މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ދަށުންނެވެ.

ގާޒީ ވިދާޅުވީ މިއަދު ހަވީރު 06:00 ގައި އަދީބުގެ މައްޗަށް ހުކުމް ކުރުމަށް ޝަރިއަތް ބާއްވާނެ ކަމަށެވެ. 

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ އަދީބާއި އެކު ދައުލަތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދައުވާތަކަށް ދެވޭނެ އަދަބު ހާމަކުރުމަށް ދައުލަތުގައި އެދިފަ އެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތްދައުވާ އަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.

މި ކުށްތަކަށް ދައުލަތުން އަދީބާއި އެއްބަސްވެފައިވަނީ ގާތްގަނޑުކަށް 20 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަހުގެ ހުކުމަކާއި، ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ހުކުމަކާއި، ހަ މަސް ދުވަހުގެ ހުކުމަކާއި، ތިން މަސް ދުވަހުގެ ހުކުމެއްގެ އިތުރުން ފަސް އަހަރާއި 11 މަހާއި ހަ ދުވަހުގެ ހުކުމަކާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން އަދި އެއް މަހާއި 15 ދުވަހުގެ ހުކުމެއްގެ އިތުރުން ފަސް އަހަރާއި 11 މަހާއި 12 ދުވަހުގެ ހުކުމެކެވެ. 

މިއަދު ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އޭނާ ދައުލަތަށް އެއްބާރުލުން ދެމުން ގެންދާ ކަމަށާއި، އެގޮތުން އޭނާގެ ފޯނާއި މެސެޖުތަކާއި އިތުރު ހެކިވެސް ދައުލަތށް ދިފައިވާ ކަމަށެވެ. އަދި ފައިސާ ދީފައިވާ ފަރާތްތަކާއި ދައުލަތަށް ނެގޭނެ އެސެޓްތައް ބަޔާންކޮށްފައިވާކަމަށް އަދީބު ވިދާޅުވި އެވެ.  

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ އަދީބު ދައުވާތަކަށް އިއުތިރާފްވެފައިވާތީ މައްސަލަތައް އޭނާގެ މައްޗަށް ސާބިތު ވާނޭ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް