ads
ވަގަށް ނަގާ މަރާލާފައިވާ ރިލްވާން އަދި ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ--
ރިލްވާން މައްސަލައިގައި ކުރީގެ ފަނޑިޔަރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި
ވަގަށްނަގާ މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރާއްޖެއިން ބޭރަށް ދިޔަކަމަށް ދެއްކުމަށް ލިޔެކިޔުން ތައްޔާރު ކުރިކަމުގެ ތުހުމަތު ކުރެވޭ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.

ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން މަރު ކޮޮމިޝަނުން ވަނީ ސީއެންއެމްއަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ. 

ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އޭނާ އިމިގްރޭޝަން ކޮންޓްރޯލާގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ދެ ފުލުހަކާ ގުޅިގެން، ނޫސްވެރިޔާ ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

ހަސަން އަލީގެ މައްޗަށް މި މައްސަލަ ތުހުމަތު ކުރެވުނު އިރު އޭނާ ހުރީ ހައިކޯޓްގެ ފަނޑިޔާރުގެ މަގާމުގައެވެ. އެހިސާބުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ހަސަން އަލީ ސަސްޕެންޑް ކޮށްފަ އެވެ. 

އޭގެ ފަހުން މިއަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސަން އަލީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް