ads
ނައިބް ރައީސް ފައިސަލް ނަސީމް--
ސްކޫލެއް ރަނގަޅު ސްކޫލަކަށް ވަނީ މުދައްރިސުންގެ ސަބަބުން: ނައިބް ރައީސް
ސްކޫލެއް ރަނގަޅު ސްކޫލަކަށް ވަނީ ތަނުގައި ހުންނަ އަގު ބޮޑެތި ތަކެތީގެ ސަބަބުން ނޫން ކަމަށާއި ސްކޫލު މޮޅުވަނީ އެތަނެއްގައި ތިބޭ ހީވާގި މުދައްރިސުންގެ ސަބަބުން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ޓީޗަރުންނަށް ފޮނުއްވާ ނައިބް ރައީސް ވިދާޅުވީ ގައުމެއް ކުރިއަރާދަނީ އެގައުމެއްގައި އުފެދޭ ހަރުދަނާ ޖީލެއްގެ ސަބަބުން ކަމަށާއި އެގޮތުން އެފަދަ ޖީލެއް ބިނާކުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރަނީ މުދައްރިސުން ކަމަށެވެ. 

ނައިބް ރައީސް ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ރެއާ ދުވާލުކުރާ ބުރަ މަސައްކަތަކީ އަގު ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.

"ސްކޫލެއް ރަނގަޅު ސްކޫލަކަށް ވަނީ އެތަނުގަ ހުންނަ އިމާރާތެއްގެ މޮޅުކަމަކުން ނޫން. އަދި އެ ސްކޫލުގައިވާ ތަކެތީގެ އަގުބޮޑުކަމަކުން ވެސް ނޫން. ސްކޫލެއް ރަނގަޅު ސްކޫލަކަށް ވަނީ އެ ސްކޫލެއްގައި ހިވާގި ކަމާއެކު ކިޔަވައިދެއްވާ މުދައްރިސުންގެ ސަބަބުން،"

އޭގެ އިތުރުން ނައިބް ރައީސް ވަނީ ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަސް ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ޓީޗަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް