ads
ޕޮލިސް ކޮމިޝަނަރު މުހައްމަދު ވަހީދު އަދި އެސްޓީއޯގެ އެމްޑީ ހުސެން އަމްރު--
އެސްޓީއޯއިން ފުލުހުންނަށް 3000 ސޭފްޓީ ގޮގުލްސް ހަދިޔާކޮށްފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފުލުހުންނަށް 3،000 ސޭފްޓީ ގޮގުލް ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތް ކުރާ އެކި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެސްޓީއޯ އިން ދަނީ މިފަދަ ގިނަ އެހީތަކެއް ވަމުންނެވެ.

މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ސޭފްޓީ ގޮގުލް ހަދިޔާ ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އެވެ. އަދި އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެވެ. 

ފްރަންޓްލައިނުގައި އުޅޭ ބައެއް ގިނަ ފުލުހުންތަކެއް މީގެ ކުރިން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އޮގަސްޓު މަހުގެ ނިޔަލަށް 93 ފުލުހަކަށް މި ބަލި ޖެހިފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް