ads
ކުޅުދުއްފުށި---
ފުލުހަކު ޕޮޒިޓިވްވުމުން މޮނިޓަރިންއަށް ލީ ހަ ރަށުގެ މޮނިޓަރިން އުވާލައިފި
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންއަށް ލާފައިވާ ހަ ރަށް މޮނިޓަރިންއިން ނަގައިފި އެވެ.

އެ ކޭސްއާ ގުޅިގެން މޮނިޓަރިންނަށް ލާފައި ވަނީ  ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި އަދި ހދ. ކުޅުދުފުއްޓާއި ހދ. ކުރިނބީގެ އިތުރުން ށ. ފުނަދޫ އެވެ.

އެ ހުރިހާ ރަށެއްގެ މޮނިޓަރިން މިހާރު އުވާލާފައި ވާއިރު ހދ. އަތޮޅުން ރޭ ނެގި 23 ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްގެ ތެރެއިން ކުޅުދުއްފުށިން ނެގި ދެ ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފައި ކަމަށް ކުޅުދުއްފުށި ހޮސްޕިޓަލްއިން ބުނެފައި ވެއެވެ. 

އެހެންނަމަވެސް ޕޮޒިޓިވްވި ކޭސްއާ ގުޅިގެން އިތުރަށް މޮނިޓަރިންއަށް ލުމަށް އަދި ހަމަޖެހިފައި ނުވާ ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ރަށެއް މޮނިޓަރިންނަށް ލެވުނު ކަމުގައިވީ ނަމަވެސް ސިއްހީ ހިދުމަތެއް ހޯދުމަށް ރަށަށް އެރޭނެ ކަމަށާއި އަދި އެހެން ރަށަކަށް ވެސް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި (ކާބޯތަކެތި، ތެޔޮ، ގޭސް ފަދަ ބާވަތްތައް) ރަށަށް އެރުވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. 

‏އަދި ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ބޯޓަށް އެރުވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެހެންނަމަވެސް މޮނިޓަރިންގައި އޮންނަ ވަގުތު އެ ތަކެތި ގެންނަ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް ރަށަކަން ނުފޭބޭނެއެވެ. އަދި ބޯޓުން ތަކެތި އަރުވާ ބޭލުމުގައި ފަޅުވެރިންނާއި ރަށުގެ މީހުން ބައްދަލު ނުވާ ގޮތަށް އަމަލު ކުރަން ވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް