ads
ފިޔަވަތި
ފިޔަވަތިން ކުދިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ހުޅުމާލޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިން ކުދިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަތީގައި މަަސައްކަތް ކުރާ މީހެއްގެ ގައިން ކޮވިޑްގެ އަލާމާތްތަކެއް ފެނިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ޓެސްޓްކުރިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އެ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކަކުން ހަތަރެއް އޮކްޓޫބަރުގައި އެއް ކެއާ ޓޭކަރާއި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ފަސް ވަނަ ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާއިރު ކަރަންޓީނުގައި ތިބި ކުދިންގެ ސާމްޕަލް ވެސް ނެގި ކަމަށެވެ. އަދި ކަރަންޓީނުގައި ތިބި ކުދިންގެ ތެރެއިން ހަތް ކުއްޖަކާއި ތިން ކެއާ ޓޭކަރަކު ޕޮޒިޓިވްވިއިރު މިއަދު ވެސް ކެއާ ޓޭކަރަކު ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެތަނުގައި ކޮވިޑް ނުފެތުރޭނެ ގޮތަށް އިތުރު ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށެވެ. 

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި 100 އަށް ވުރެ ގިނަ ކުދިން އުޅޭއިރު އެތަނުގައި އުޅެނީ 12 އަހަރުން ދަށުގެ ކުދިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް