ads
އިޓަލީގައި މާސްކް އެޅުން މަޖުބޫރުކޮށްފި!
ކޮވިޑް-19 އާއި ގުޅިގެން އިޓަލީވިލާތުގައި މާސްކް އެޅުމަށް މަޖުބޫރުކޮށްފިއެވެ.

އިޓަލީވިލާތުން ވަނީ ބޭރުގައި އުޅޭ ވަގުތު ރައްޔިތުން މާސްކް އަޅައިގެން އުޅުމަށް މަޖުބޫރުކޮށްފައެވެ. އަދި ފިހާރަ ތަކުގަޔާއި، އޮފީސް ތަކުގައި، އަދި ރެސްޓޯރަންޓް ފަދަ އާންމުން އެއްވާ ތަންތަނުގައި މާސްކް އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު ގިސެޕް ކޮންޓޭ ވިދާޅުވީ މާސްކް އެޅުން މަޖުބޫރުކުރަން ޖެހުނީ ކޮވިޑް-19 ގެ ސަބަބުން އަލުން ލޮކްޑައުންއަކަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ. އަދި ލޮކްޑައުންގެ ސަބަބުން ދިމާވެފައިވާ މާލީ ގެއްލުންތައް އިތުރަށް ތަކުރާރުކުރަން ބޭނުންނުވާތީ ކަމަށްވެސް ކޮންޓޭ ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމުން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. ފަހުން އެޅި ފިޔަވަޅުގެ ސަބަބުން މިހާރު އިޓަލީވިލާތުގެ ހުރިހާ ސަރަހައްދެއްގައިވެސް މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ފުރަތަމަ ކޮވިޑް-19 ގެ ކޭސްތައް ފެންމަތިވި ދުވަސްކޮޅު އިޓަލީވިލާތުން ވަނީ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ. އޭޕްރިލް 24 އިން ފެށިގެން އިޓަލީގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އިއްޔެ ފުރަތަމަ ފަހަރަށް އެއްދުވަސް ތެރޭ 3000 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވެއެވެ. އެގޮތުން އިއްޔެ ކޮވިޑް-19 ގެ 3678 ކޭސް ރެކޯޑުކުރެވިފައި ވެއެވެ.

އިޓަލީވިލާތުންވަނީ އިއްޔެ އިން ފެށިގެން އެގައުމަށް އަންނަ ފަރާތްތަކުގެ ތެރެއިން އިނގިރޭސިވިލާތް، ނެދަލޭންޑްސް، އަދި ޗެކް ރިޕަބްލިކްގެ ރައްޔިތުން ޓެސްޓުކުރުމަށް މަޖުބޫރުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް