ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
ސީ.ވީ.އެފްގެ އެމްބެސަޑަރަކަށް ރައީސް ނަޝީދު އައްޔަނު ކުރުމަކީ ލިބުނު ކުރިއެރުމެއް: މިނިސްޓަރު ޝާހިދު
ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރަކަށް ރައީސް ނަޝީދު އައްޔަން ކުރެއްވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ވާޗުއަލްކޮށް ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑާސް އިވެންޓްގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިއިވެންޓްގެ ރިޔާސަތު ބެލެހެއްޓެވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއެވެ. 

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުގެ ކަންކަމުގައި ބަންގްލަދޭޝުން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސީ.ވީ.އެފް ގެ ތީމެޓިކް އެމްބެސެޑަރަކަށް ވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު އަދާކުރައްވާ އިސް ދައުރުގެ ސަބަބުން ސީ.ވީ.އެފް ގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އިތުރު މަސައްކަތް ކުރެވިގެންދާނެކަން ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ޝާހިދުވަނީ މޫސުމަށް އަންނަ ބަދަލުތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށް ގައުމުތަކުން ޤައުމީ ފެންވަރެއްގައި ކަނޑައަޅާ މިންވަރު އިތުރަށް ހަރުދަނާކޮށް، ޖައްވު ހޫނުވުމަށް މަގިފަހިކުރުވާ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަވަން ޖެހޭކަމުގައި ވިދާޅުވެފައެވެ. އަދި މިހާރަށްވުރެ ވަރުގަދަ އަޒުމެއްގައި މޫސުމަށް އަންނަބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރެވޭނީ، އެކަށީގެންވާ ދެމެހެއްޓެނިވި ގޮތެއްގައި އެކަމަށް ބޭނުންވާ ފައިސާ ހުރިހާ ޤައުމަކުން ވެސް ލިބިގެން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. 

މީގެ އިތުރުން މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ކުދި ޤައުމުތަކަށް މިފައިސާއިން ލިބޭ އެހީ މަދުކަމަށް މިނިސްޓަރު ވިދާޅުވި އވެެ. 

މިނިސްޓަރު ޝާހިދު ވަނީ އަންނަން އޮތް ޖީލުތަކަށް ދިރިއުޅެވޭނެ ރައްކާތެރި ދުނިޔެއެއް ފޯރުކޮށްދިނުމަށް މި ފޯރަމުން މުހިންމު ދައުރެއް އަދާކުރާނެކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް