ads
ތިންސަތޭކަ ކިލޯގެ ޑްރަގު ނައްތާލުމަށް މިއަދު ބޭއްވި އިވެންޓުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: ފުލުހުން
ޑްރަގް ޑީލަރުން ކޯޓުން ދޫވާ މައްސަލާގައި މިނިސްޓަރު އިމްރާން ކަންބޮޑުވުން ފާޅުކުރައްވައިފި
މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހުން ކޯޓުތަކުން ދޫވެގެންދާ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިއަދު ވަނީ 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތެއް ކ. ދޫނިދޫގައި ކުރިއަށް ގެންގޮސްފަ އެވެ. އެކަމަށް އޮތް ރަސްމިއްޔާތުގައި އިމްރާން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ޝަރުއީ އެކި މަރުހަލާތަކާ ހަމައިން ބޮޑެތި ޑްރަގް ޑީލަރުން ސަލާމަތްވެގެން ދިޔުމަކީ މުޖުތަމައަށް އޮތް ބޮޑު ބިރެއް ކަމަށެވެ. 

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ސަލާމަތް ވެގެން ދިޔުމަށް ހުރި މަގުތައް ބަންދު ކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ. 

ރާއްޖޭގައި ކުރާ ކުށްތަކުގެ ގާތްގަނޑަށް 70 ޕަސަންޓަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތައް ކަމަށާއި އޭގެ ތެރޭގައި މާރާމާރީ އާއި ގޭންގު ހަރަކާތްތައް ހިމެނޭ ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ. 

އެހެންކަމުން ފުލުހުން ކުރާ މަސައްކަތާ އެއް ވަރަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ކޯޓުތަކުން ވެސް ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ. 

މިފަހަކަށް އައިސް ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން އައްޑޫގައި މިދިޔަ ހަފްތާގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ 80 ކިލޯގެ ޑްރަގު އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް