ads
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ޓީޓީހޯލް--
60 އަހަރުގެ ތެރޭގައި ޓީޓީއޭއެމްއަށް މާލޭ ޓީޓީހޯލް ފިޔަވާ އިތުރު ވިނިއުއެއް!
ފަސްދޮޅަށް އަހަރުގެ ތެރޭގައި، މާލޭ ޓީޓީހޯލް ފިޔަވައި، ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރު ޓީޓީ ވިނިއު އެއް ހުޅުމާލޭގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

މިކަން އިއުލާން ކުރައްވާ ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ، ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ޓީޓީ ހޯލް ހުޅުވުމުށް ތައްޔާރުވަމުންދާކަމަށާއި، ވަރަށް އަވަހަށް މަސަކަތް ނިންމާލައި ހޯލު ހުޅުވާނެކަމަށެވެ. އަދި މިއީ 60 އަހަރުގެ ތެރޭގައި ޓީޓީއޭއެމްއަށް، މާލޭ ޓީޓީ ހޯލްގެ އިތުރުން ލިބޭ ފުރަތަމަ ޓީޓީ ހޯލުކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. 

މިކަމާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިންމާއިލް ސުޖާއު ވިދާޅުވީ، މިހާރު ހޯލުގައި ޓީޓީ ކުޅެން ބޭނުންވާނެ ސާމާނު ބެހެއްޓިފައިވާ ކަމަށާއި، ހޯލު ހުޅުވުމުގެ ކުރިން ނިންމަން ހުރީ ބައެއް ކުދިކުދި މަސައްކަތް ތަކެއް ކަމަށެވެ. އެގޮތުން ހޯލުގައި ޓީޓީ ކުޅެން އެންމެ އެކަށީގެންވާގޮތަށް ހޯލުގެ ކުލަ ބަދަލުކޮށް ލައިޓިން ރަނގަޅުކުރުމުގެ މަސައްކަތް ހިމެނޭކަމަށް ސުޖާއު ވިދާޅުވިއެވެ. 

އަދި މީގެ އިތުރުން އެހޯލުގެ އެއްފަރާތެއްގައި މާޝަލް އާޓްސްގެ ބައެއް ހަރަކާތްތަށް ކުރިއައްގެންދާ ކަމަށާއި، އެހެންކަމުން ހޯލު ހުޅުވުމުގެ ކުރިން، ޓީޓީއަށް ބޭނުންކުރާ ސަރަހައްދު ވަކިކުރުމުގެ ގޮތުން ޕާޓިޝަނެއް ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށް ސުޖާއު ވިދާޅުވިއެވެ. ސުޖާއު ވިދާޅުވީ، ހޯލު ހުޅުވާނެ ސީދާ ތާރީހެއް އަދި ފައިނަލްވެފައި ނުވާކަމަށާއި، ނަމަވެސް ނުނިމިހުރީ ކުދި މަސައްކަތްތަކެއްކަމުން ވަރަށް އަވަހަށް މަސައްކަތް ނިންމައި ހޯލު ބޭނުންކުރަން ފަށާނެކަމަށެވެ.

ސުޖާއު ވިދާޅުވީ، މިހޯލުގެ ސަބަބުން ވައިޑީޕީ ޕްރޮގުރާމްތަށް ކުރިއަށްގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމުގައި، ޖާގައިގެ ގޮތުން ކުޑަ، މާލޭ ޓީޓީ ހޯލަށް އެކަނި ބަރޯސާވާންޖެހޭ ޖެހުމަށް ބޮޑު ލުއެއް ލިބިގެންދާނެކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަމުން ސުޖާއު ވިދާޅުވީ، ޓީޓީއޭއެމްއިން އަންނަ އަހަރުގެ މުބާރާތްތަކާއި މަސައްކަތްތަށް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާކަމަށާއި، ނަމަވެސް މިހާރުގެ ހާލަތަށް ބަލައި މިއަހަރު މުބާރާތެއް ބާއްވަން ނުވިސްނާކަމަށެވެ. ނަމަވެސް އަންނަ އަހަރު އިންޓަނޭޝަނަލް މުބާރާތެއް ހޯސްޓު ކުރުމަށްވެސް މަސައްކަތްކުރާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް