ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރި ވަނީ--- ފޮޓޯ: ސީއެންއެމް
ސާމަޕަލް ނަގަން އުޅުނު ރެޕިޑްރެސްޕޮންސް ޓީމްގެ މެންބަރަކަށް ހަމަލާދީފި
ސާމަޕަލް ނަގަން އުޅުނު ރެޕިޑްރެސްޕޮންސް ޓީމުގެ މެންބަރަަކަށް ހަމަލާދީފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުނު މީހަކަށް ހަމަލާދިން މައްސަލައެއް މިރޭގެ ވަގުތެއްގައި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. 

ފުލުހުން ބުނީ އެމައްސަލަ ދަނީ ތަހްގީގު ކުރަމުންކަމަށެވެ. އަދި އެމައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް ފުލުހުން ބުނެއެވެ.

މިއީ ސާމްޕަލް ނަގަން އުޅުނު މީހަކަށް ބަޔަކު ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ހެލްތް ޕޮރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނީ ރެޕިޑްރެސްޕޮންސް ޓީމްގެ މެންބަރަކަށް މިރޭ ދެވުނު ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި އެއަމަލަކީ، ވަރަށް ނާތަހުޒީބު އަމަލެއްކަަމަށެވެ. އަދި އެ މައްސަލަ ބަލައި، ހައްގު އަދަބު ދިނުމަށް އެމްއެޗްޕީޔޫއިން ގޮވާލާފައިވެއެވެ.

14%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
79%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް