ads
ތެޔޮ ޓޭންކަރެއް ގޮވާއި ލުބުނާނުގައި ބަޔަކު ޒަހަމްވެއްޖެ
ލުބްނާންގެ ވެރިރަށް ބައިރޫތުގައި ތެޔޮ ޓޭންކެއް ގޮވައި ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.

ރޭ ބައިރޫތުގެ ތޯރިގު އަލް-ޖަދީދާ ޑިސްޓްރިކްޓްގައި ހިނގި އެ ހާދިސާގެ ސަބަބުން ހަތަރު މީހުން މަރުވެ، ވިހި މީހުން ވަނީ ޒަހަމްވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ތެޔޮ ޓޭންކް ގޮވަން މެދުވެރިވި ސަބަބު ދެނެގަނެވިފައިވާ ނުވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ އާންމުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުންނެވެ.

އެގޮތުން ތެޔޮ ޓޭންކް ގޮވުމުގެ ހާދިސާ ހިނގައިފައި މިވަނީ މި އަހަރުގެ އޮގަސްޓްގައި ބެއިރޫތުގެ ޕޯޓް ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުންނާއި ކޮވިޑް-19 ގެ ސަބަބުން މާލީ ދަތިކަމެއް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސަބަބުން ލުބްނާންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް