ads
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން--
ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅިގެން އިތުރު 10 ކޭސް
ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅިހެން އިތުރު 10 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެމީހާ ކޮންޓެކްޓްވެގެން ސާމްޕަލް ނެގުނު މީހުންގެ ތެރެއިން ދިހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ ފުލުސް މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ހެދުނު ކޮންޓެކްޓް ޓްރޭސިންގެ ތެރެެއިން މިހާރު ޖުމްލަ ދިހަ ކޭސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އަށެއް އޮކްޓޫބަރުގައި ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ތިން މީހުން ހއ. ދިއްދޫ އިން ޕޮޒިޓިވްވިއިރު ށ. ފޯކައިދޫ އިން ވެސް ވަނީ އެކަކު ޕޮޒިޓިވްވެފަ އެވެ. 

އަދި އިއްޔެ ވެސް ދިއްދޫ އިން ވަނީ އެކަކު ޕޮޒިޓިވެފަ އެވެ. 

ފުލުސް މީހާ އެކި ސްޓޭޝަންތަކަށް ދަތުރުކުރުމުގެ ސަބަބުން ބައެއް ރަށްތައް މޮނިޓަރިންނަށް ވެސް ގެނައެވެ. އެކަމަކު މިހާރު ވަނީ ރަށްތައް މޮނިޓަރިން އިން ނަގާފަ އެވެ. 

11%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް