ads
ޖެންޑާ މިނިސްޓަރު މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ--
އަންހެން ކުދިން އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ހަރުދަނާ ކުރަން ޖެހޭ: ޖެންޑާ މިނިސްޓްރީ
އަންހެން ކުދިން އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ހަރުދަނާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ކުދިންނާއި އަންހެން ކުދިން ބާރުވެރި ކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.  

"މައިގަނޑު މަސައްކަތްތައް އަމާޒުވެފައި ވަނީ އަންހެން ކުދިން އެކުދިންގެ އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ހަރުދަނާ ކުރުމަށާއި، ކޮންމެ ކުއްޖަކީ ވެސް ގާބިލުކަން ހުރި ކުއްޖެއް ކަމާއި، މާދާމާގެ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށެވެ،" އެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތަކަށް އިސްކަންދީގެން ކުރަމުންދާ ކަމަށށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 11 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރި ކުރުވާ، އެ ކުދިންގެ ހައްގުތައް ކުރިއެރުވުމަށެވެ.

އޭގެ އިތުރުން އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދުމަކީ ވެސް މި ދުވަސް ފާހަގަކުރުމެގެ ބޭނުމެކެވެ. މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "އަހަރެންގެ އަޑު: އެންމެންގެ ހަމަހަމަ މުސްތަގްބަލް" މިއެވެ. 

އެ ޝިއާރުގެ މަގްސަދަކީ އަންހެން ކުދިންގެ އަޑުއަހާ، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުހިއްމު ކަމާއި، ހެދޭ ސިޔާސަތުތަކަކީ ހަމަހަމަ ފުރުސަތުތައް ލިއްބައިދޭ، ނަތީޖާގެ ހަމަހަމަ ކަމަށް ވާސިލުވާ ސިޔާސަތުތަކަށް ވުމެވެ. 

ރާއްޖޭގެ ޖެންޑާ އީކުއަލިޓީ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުން މި ކަންކަމަށް ބާރު އަޅާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް