ads
#ލީޕްފާތާއަހެޑް. ފޮޓޯ: ޓްވިޓާ
ވާވޭއިން މޭޓް 40 ދައްކާލަނީ!
ޗައިނާގެ ވާވޭއިން އޮކްޓޯބަރު 22 ވަނަ ދުވަހު އެ ކުންފުނީގެ މޭޓް 40 ސީރީޒްގެ ފޯނުތައް ދައްކާލަން ނިންމައިފި އެވެ.

ވާވޭއިން ކުރި ޓްވީޓެއްގައި ވާގޮތުން އެ ކުންފުނީގެ މޭޓް 40 ސީރީޒްގެ ފޯނުތައް ދައްކާލުމަށް ނިންމައިފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު، ޗައިނާ ގަޑިން މެންދުރު ދޭއް ޖަހާއިރު އެވެ. މިއީ ކިރިން ޕްރޮސެސާ ހިމެނޭނެ ވާވޭގެ ފަހު ފޯން ސީރީސް ކަމަށް އެ ކުންފުނީގެ ކޮންޒިއުމާ ބިޒްނަސް ޔުނިޓްގެ ސީ.އީ.އޯ. ރިޗާޑް ޔޫ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ވަނީ އެގައުމުގެ ސަރުކާރަށް ޖާސޫސްކުރުމުގެ ތުހުމަތު ވާވޭއަށް ކޮށްފައެވެ. ނަމަވެސް ވާވޭއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. 2019 ގެ މޭ މަހު ވާވޭގެ އިތުރުން އެ ކުންފުންޏާއި ގުޅިފައިވާ އިތުރު 114 ކުންފުންޏެއް ވަނީ އެމެރިކާގެ ސަރުކާރުގެ އެންޓައިޓީ ލިސްޓުގައި ހިމަނާފައެވެ. އޭގެ ނަތީޖާގެ ގޮތުން އެމެރިކާގެ ކުންފުނިތަކުން ވަނީ އެގައުމުގެ ސަރުކާރުގެ ހުއްދަނެތި ވާވޭއަށް ޓެކްނޮލޮޖީ ވިއްކުމަށް އޮތް ދޮރު ބަންދުވެފައެވެ.

އެމެރިކާގެ ސަރުކާރުގެ އެންޓައިޓީ ލިސްޓުގައި ވާވޭ ހިމެނުމާއި އެކު، ގޫގުލް އަށްވެސް ވާވޭއާއި އެކު ވިޔަފާރިކުރުން ވަނީ ދަތިވެފައެވެ. އެގޮތުން ވާވޭގެ ފަހުގެ ފޯނުތަކަށް އެންޑްރޮއިޑްގެ ލައިސަންސް ނުލިބުމުގެ އިތުރުން ވާވޭގެ ފޯނުތަކާއި ޓެބްލެޓްތަކުގައި ގޫގުލްގެ އެޕްލިކޭޝަންތައް ބޭނުންނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.

ވާވޭއިން މޭޓް 40 ސީރީސްގެ ފޯނުތައް އޮކްޓޯބަރު 22 ގައި ދައްކާލަން ހަމަޖެހިފައިވާއިރު، ސީދާ މާކެޓަށް ފޯނު ނެރޭނެ ވަކި ދުވަހެއް އަދި ނޭނގެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް