ads
ފުލުހުންގެ މައި އިދާރާ--
ސަފާރީ ރޭޕް ކޭސް: ވިކްޓިމްގެ ބަޔާން ބަދަލުކުރިކަމުގެ ތުހުމަތު ފުލުހުންނަށް!
ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު، ކެންޔާގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި އޭނާ ފުލުހުންނަށް ދިން ބަޔާން ފުލުހުން ބަދަލުކުރާ ކަމަށް ބުނާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އެ ވީޑިއޯ އާންމުކޮށްފައި ވަނީ ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ ވަކީލެއް ކަމަށްވާ، ޝަފީއާ ރިޒާ އެވެ. 

އެ ވީޑިއޯގައި އަންހެން އިންވެސްޓިގޭޓިވް އޮފިސަރަކު ބަޔާނުގައި ހުރި ބައެއް ވާހަކަތައް އުނިކުރަން އުޅޭ މަންޒަރު ފެނެ އެވެ. އަދި ފަހަތުން ފިރިހެނަކު ވެސް ވާހަކަ ދައްކާ އަޑު އިވެ އެވެ. އެގޮތުން އަންހެން މީހާ ކިޔަައިދީފައިވާ ބައެއް ވާހަކަތައް "ވަރަށް ޑީޓެއިލް" ކަމަށް ބުނެ އެ ވާހަކަތައް ކަނޑަން ވާހަކަ ދައްކާ އަޑު އިވެ އެވެ.  

ޝަފީއާ އެ ވީޑިއޯ އާންމުކޮށް ވިދާޅުވެފައި ވަނީ ސަފާރީ ރޭޕް ކޭސްގެ މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން އިހުމާލުވާތަން އެތައް ފަހަރަކު ފެންނަމުންދާއިރު ވެސް ކެތްކޮށްގެން ތިބީ އިންސާފު ލިބޭނެ ކަމަށް އުއްމީދުގަ އެވެ. 

އެގޮތުން ވިކްޓިމްގެ ބަޔާން ބަދަލުކުރަން މަސައްކަތްކުރުމުން އެކަމުގައި ފުލުހުންގެ ނިޔަތް ސާފުކަމަށް ވިދާޅުވި އެވެ.

ޝަފީއާ ވިދާޅުވީ އެ މައްސަލަ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީސް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފައިވާ ކަމަށެވެ. 

ސްކައިޕް މެދުވެރިކޮށް ވީޑިއޯ ސްޓޭޓްމަންޓެއް ރިވިއުކުރަން އޮތް ބަދަލުވުމެއްގައި ފުލުހުންނަށް އެ ވީޑިއޯ ފޮނުވިފައި ވަނީ އޮޅިގެން ކަމަށް ބުނެ އެވެ. 

މީގެ ކުރިން ވެސް އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިހުމާލު އޮތް ކަމުގެ އަޑުތައް އެރި އެވެ. 

އަދި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފް މީގެ ކުރިން ވަނީ އެތަނުގައި ޖިންސީ ގޯނާއަށް ވުރެ ބޮޑުކަމެއް ހިނގި ކަމަށް ބެލެވޭ ކަމަށާއި އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

ފުލުހުންނަށް ހިއްސާކުރި މައުލޫމާތުގައި އަންހެން މީހާ ބުނެފައި ވަނީ އޭނާ މޫދަށް ފުންމާލީ، ސަފާރީގައި ޖިންސީ ގޯނާކުރުމުން ކުރި މީހުންގެ އަމަލުތައް ހުރި ގޮތުން އެކަން ތަކުރާރުވެދާނެތީ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް