ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ--
ލޯ ޕްރެޝާ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސް ވާނެ: މެޓް
ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓުން ބުނީ މި ސަރަހައްދުގައި އުފެދިފައި އޮތް ލޯ ޕްރެޝާ ޓްރަޕްގެ ސަބަބުން ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އަތޮޅުތަކުގެ މަތީގައި ދަނީ އުފެދެމުން ކަމަށެވެ.

"އެހެންކަމުން ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުން ދާނެ ކަމަށް ލަފާ ކުރެވެ އެވެ،" މެޓުން ބުންޏެވެ.

އެގޮތުން ވައި ގަދަވެ، ކަނޑުތައް ވެސް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭއިރު، ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ބެލެވެ އެވެ. އަދި ވިލާގަނޑު 50 މޭލަށް ވައި ގަދަވާނެ އެވެ.

މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭތީ މެޓުން މިއަދު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރިފަ އެވެ. އެގޮތުން ނ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 10:00 އިން މެންދުރު 15:00 އާ ހަމައަށް އެ އެލާޓް ނެރިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް