ads
ކޫލީ ނަންބަރު ވަންގެ ޕޯސްޓަރެއް--
ސާރާ އަދި ވަރުންގެ "ކޫލީ ނަންބަރު ވަން" ސިނަމާތަކުގައި ނުދައްކާނެ
ސާރާ އަދި ވަރުން ލީޑް ރޯލުން ފެނިގެންދާ "ކޫލީ ނަންބަރު ވަން" ސިނަމާތަކުގައި ނުދައްކާ ގޮތަށް ނިންމައިފި އެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުން އެ ފިލްމް މިހާރު ލޯންޗް ކުރާ ގޮތަށް އޮތީ ތެމިލް ނާޑޫ އާއި ކަންނާންޑާ އަދި މަލިޔާލަމް އިންޑަސްޓްރީގެ ފިލްމްތަކާއިއެކު އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމްގެ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ވިސްނުން މިހާރު ހުރީ އެ ފިލްމް ކްރިސްމަސް ގައި ރިލީސް ކުރާ ގޮތަށެވެ.

ސާރާ އަދި ވަރުން ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ 1995 ވަނަ އަހަރު އޭރުގެ މަޝްހޫރު ފިލްމީ ތަރި ކަރިޝްމާ ކަޕޫރް ހަމަ އެ ނަމުގައި ކުޅެފައިވާ ފިލްމުގެ ރީމޭކް އެކެވެ. 

މި ފިލްމް ފުރަތަމަ ރިލީސް ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ މި އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު އެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފިލްމް އެޅުވުން އޮތީ ލަސްކޮށްފަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް