ads
ޗައިނާ ސަފީރު--
އެފްޓީއޭގެ ސަބަބުން ވިޔަފާރީގެ ގުޅުންތަކަށް އަސަރެއް ނުކުރާނެ: ޗައިނާ ސަފީރު
ޗައިނާއިން ގައުމުތަކާއެކު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ސަބަބުން އެއްވެސް ގައުމެއްގެ ވިޔަފާރީގެ ގުޅުންތަކަށް ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށް އެ ގައުމުގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ޗައިނާއާއެކު ވެފައިވާ އެފްޓީއޭއަކީ ރާއްޖެއަށް ފައިދާއެއް ކުރާނެ އެއްބަސްވުމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އެ އެފްޓީއޭ މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންދާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި ޖަންގް ވިދާޅުވީ ޗައިނާގެ އެފްޓީއޭތަކަކީ ދެ ގައުމަށް ފައިދާވާ، ކޮލިޓީ ރަނގަޅު އެއްބަސްވުންތަކެއް ކަމަށެވެ. އެއީ ބައިނަލްއަގްވާމީ ގޮތުން އަމަލު ކުރާ މިންގަނޑުތަކާ އެއްގޮތަށް ހަދާފައިވާ އެފްޓީއޭތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ޗައިނާއިން ވަނީ 22 ޕާޓްނަރުންނާއެކު 18 އެފްޓީއޭގައި ސޮއިކޮށްފައި. އެއްވެސް އެފްޓީއޭއަކުން އެއްވެސް ގައުމެއްގެ އެހެން ވިޔަފާރި ޕާޓްނަރުންނާއެކު ކުރާ މުއާމަލާތްތަކަށް އަސަރެއް ކޮށްފައެއް ނުވޭ،" ޖަންގް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ. 

މިނިސްޓަރު ފައްޔާޒް ވިދާޅުވެފައި ވަނީ އެފްޓީއޭއަކީ ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން ކަމަށާއި އޭގެ ސަބަބުން ފައިދާތަކެއް ލިބެން ހުރި ނަމަވެސް ބޮޑެތި ގެއްލުންތަކެއް ވެސް ވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޒަމާނުއްސުރެ ގާއިމުވެފައިވާ ވިޔަފާރީގެ ގުޅުންތައް ހަލާކުވެ ދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް