ads
އިންޑިއާ މޯލްޑިވްސް ޓްރެވަލް ކަނެކްޓް ވެބިނާ ބާއްވައިފި--
އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން ވެބިނާއެއް ބާއްވައިފި
އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ޓްރެވަލް އެސޯސިއޭޝަންތަކަށް އަމާޒުކޮށްގެން ވެބިނާއެއް މިއަދު ބާއްވައިފި އެވެ.

މިއަދު ހެނދުނު ފެށި "މޯލްޑިވްސް ޓްރެވަލް ކަނެކްޓް" ވެބިނާއަކީ އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ޓޫރިޒަމް މިނިސްޓްރީއާއެކު ބޭއްވި ވެބިނާ އެކެވެ.

އެ ވެބިނާ ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު އަދި އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވާހަކަދެއްކެވި އެވެ. 

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) އާއެކު އިންޑިއާގެ ގިނަ އެސޯސިއޭޝަންތަކުން މި ވެބިނާގައި ބައިވެރިވި އެވެ.

އެއީ އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (އާޓާ)، ޓްރެވަލް އޭޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ (ޓާއީ)، އައުޓްބައުންޑް ޓުއާ އޮޕަރޭޓާޒް އެސޯސިއޭޝަން އޮފް އިންޑިއާ (އޮޓޯއައި)، އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާޒް (އައިއާޓޯ)، ސޮސައިޓީ ފޯ އިންސެންޓިވް ޓްރެވަލް އެކްސެލެންސް (ސައިޓް) އަދި ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އެވެ.

އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ވެބިނާއެއް ބޭއްވި ވާއިރު، އެމްއެމްޕީއާރްސީން ވެސް ދަނީ އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ވެޑިންސުތްރާ ގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ އިތުރުން އިންޑިއާގެ ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް މިހާރު ދަނީ ކުރިއަށެވެ.

އަދި އިންޑިއާގެ ފަސް ނޫސްވެރިން ހިމެނޭ ޓީމެއް ވަނީ ރާއްޖޭގެ ދެ ރިސޯޓެއް ތަޖުރިބާ ކުރުމަށް އައިސްފަ އެވެ. އިންޑިއާގެ ބޮޑެތި މަޖައްލާތަކުގައި އެމީހުންގެ ތަޖުރިބާގެ ވާހަކަތައް ލިޔާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވައިގެ ދަތުރުފަތުރު މެދުކެނޑުމަށް ފަހު އޮގަސްޓް މަހުން ފެށިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ އެއާ ބަބްލް އެއް ގާއިމްކޮށްފަ އެވެ.

އޭގެ ދަށުން ހަފްތާއަކު ފަސް ދަތުރު ދެގައުމުގެ މެދުގައި ކުރެ އެވެ. އެއީ އެއާ އިންޑިއާ، މޯލްޑިވިއަން އަދި އިންޑިގޯގެ ދަތުރުތަކެވެ. 

މިދިޔަ އަހަރު އިންޑިއާ ވަނީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ފަތުރުވެރިންގެ މާކެޓަށް ވެފަ އެވެ. އޭގެ ކުރިން އިންޑިއާ އޮންނަނީ ފަސްވަނައިގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް