ads
އޭސީސީ--
ޓްރާންސްޕޯޓުގެ މާލީ ޒިންމާދާރުވެރިޔާގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފި
ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާ އަލީ ޒުބެއިރާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ނަމަވެސް އެ މައްސަލަތައް ތަހުގީގު ކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. 

ޒުބެއިރާ ދެކޮޅަށް ހުށަހަޅާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުވުމުގައި ކުރި ހަރަދުތަކާއި، ވަކި ބަޔަކަށް މާލީ މަންފާ ހޯދަމުންދާ ކަމަށް ކުރެވޭ ތުހުމަތާއި، ރީޖަނަލް އެއާޕޯޓުތަކުގައި ބޭނުން ކުރަން ބާ ދެ ބަސް ގެނައި މައްސަލަ އެވެ. 

ޒުބެއިރާ ގުޅޭ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައި ވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް ވެސް ވަނީ އޭސީސީއަށް ހުށަހަޅާފަ އެވެ. 

އެއީ ޝިޕިން އެޖެންސީތަކާ ގުޅޭ ގަވާއިދު އުވާލީ ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލަ އެކެވެ. ނަމަވެސް ނަހުލާ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް