ads
ލ. ގަން-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރާފީ
ލ. ގަމުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ލ. ގަމުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއަދު ނަގާފައިވާ ސާމްޕަލުގެ ތެރެއިން މިހާތަނަށް ތިން ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއީ ތުނޑީ އަވަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކްލަސްޓާއާ ގުޅުން ހުރި މީހެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެހެންކަމުން ގަމުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އެމްއެންޑީއެފް ކްލަސްޓާއާ ގުޅުން ހުރި ޖުމްލަ 59 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހުން މިއަދު ޕޮޒިޓިވްވުމާ ގުޅިގެން އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް މި ވަގުތު ކުރަމުންދާ ކަމަށެވެ.

ހޯމް ކަރަންޓީނުގައި ހުރި މީހަކު ގަމުން ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ މި މަހުގެ 9 ގައެވެ. އަދި އެމްއެންޑީއެފް ކްލަސްޓާ ފާހަގަވީ މި މަހުގެ 3 ގައެވެ.

އެމްއެންޑީއެފް ކްލަސްޓާގައި ހިމެނެނީ ޓްރެއިނިންނަށް ސެޕްޓެމްބަރު 15 ގައި ގަމަށް ދިޔަ ސިފައިންނެވެ. އިންސްޓްރަކްޓަރުން ހިމެނޭ ގޮތަށް 93 މީހަކު އެ ރަށަށް ދިޔައިރު އެމީހުންނަކީ އެމްއެންޑީއެފްގެ ޓްރެއިނިން ބެޗެކެވެ.

އޭގެ ތެރެއިން 59 މީހަކު ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެގި ސާމްޕަލްތަކުގެ ނަތީޖާއިންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް