ads
އިމާދު ލަތީފަށް އަލިމަސް ގަލަން އަރުއްވަނީ-- ފޮޓޯ: އަވަސް
އިމާދު ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވަނީ
ނޫސްވެރިކަމުގައި ގާތްގަނޑަކަށް 30 އަހަރު ހޭދަކޮށްފައިވާ އިމާދު ލަތީފު ހިތުގެ ބައްޔަށް ފަރުވާ ކުރުމަށް އައިޖީއެމްއެޗުގައި ރޭ އެޑްމިޓުކޮށްފި އެވެ.

ރޭ އެޑްމިޓު ކުރުމަށް ފަހު އެންޖިއޮޕްލާސްޓީ ހަދައި އިމާދުގެ ހިތަށް ސްޓެންޓެއް ލައްވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މި ވަގުތު އޭނާ އައިސީޔޫގައި އޮތް އިރު ހާލު ސްޓޭބަލް އެވެ.

"ހަވީރު" ނޫހުން 1992 ގައި ނޫސްވެރިކަން ފެއްޓެވި އިމާދު ވަނީ އެ ނޫހުގައި 17 އަހަރު ހޭދަ ކުރައްވާފަ އެވެ. އަލިމަސް ގަލަން ހާސިލް ކުރައްވާފައިވާ އިމާދު އެންމެ ފަހުން ހުންނެވީ ވީޓީވީގެ ނިއުސް ހެޑްގެ މަގާމުގަ އެވެ.

ވީޓީވީގައި ވެސް 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު މިދިޔަ އަހަރު އިމާދު ވަނީ އެ މަގާމުން ވަކިވެ، ސިޔާސީ ދާއިރާއަށް ނިކުންނަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް