ads
ރައީސް އޮފީސް--
އޮކްޓޫބަރު 20 ވަނަ ދުވަހަކީ، ޤައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ކަނޑައަޅައިފި
މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ، ޤައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް އިބްރަހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، މިގޮތަށް ކަނޑައެޅުއްވީ، ޤައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރެއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ރައީސް އަށް އެރުވި ލަފާފުޅަށް ބެއްލެވުމަށްފަހު ކަމަށެވެ. 

ވަޒީރުންގެ މަޖިލީހުގައި މިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވުމަށް ހައުސިލް މިނިސްޓަރު މިކަމާގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވެފައިވަނީ، ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސް، 20 އޮކްޓޫބަރު އަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަމުންގެންދާ ދުވަހެއް ކަމަށްވާތީ ކަމަށެވެ.

އަދި  ދިވެހިރާއްޖޭގައި ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވާ، ތަރައްޤީކުރުމަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން ފާހަގަކޮށް، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމަށްޓަކާ ޢާންމު ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް