ads
ޗެންނާއީގެ ކެޕްޓަން ދޯނީ
އައިޕީއެލް: ހައިދަރުއަަބާދު އަތުން ޗެންނާއީއަށް މުހިއްމު މޮޅެއް
އިންޑިއަން ޕްރިމިއަ ލީގުގައި ސައިންރައިޒާސް ހައިދަރުއާބާދު އަތުން ޗެންނާއީ ސުޕާ ކިންގްސްއިން މުހިއްމު މޮޅެއް ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ޗެންނާއީ މޮޅުވީ 20 ލަނޑުންނެވެ.

މުބާރާތުގައި ކުރިއަށް ދިޔުމަށް ކޮންމެހެންވެސް މޮޅުވާން ޖެހޭ ފަދަ ހާލަތެއްގައި އޮތް ޗެންނާއީ ސުޕަ ކިންގްސްއިން އަންގާރަ ދުވަހުގެ މެޗުގައި ކުޅެން ނުކުމެ، ވިހި އޯވަރު ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ސަތޭކަ ފަސްދޮޅަސް ހަތް ލަނޑު ހެދިއެވެ. ޗެންނާއީން އެންމެ ރަނގަޅަށް ކުޅުނީ ސާޅީސް ދެ ލަނޑު ހެދި ޝޭން ވަޓްސަންއެވެ.

ޖަވާބުގައި ކުޅެން ނުކުތް، ހައިދަރުއާބާދަށް ވިހި އޯވަރަށް ހެދުނީ ސަތޭކަ ސާޅީސް ހަތް ލަނޑެވެ. އެހެންކަމުން ވިހި ލަނޑުން ޗެންނާއީ މޮޅުވީއެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ޗެންނާއީއަށް އޮތީ ހަތް ލަނޑު ގެއްލިފައެވެ.

މުބާރާތުގައި ޗެންނާއީއަށް ދެން ކުޅެން ޖެހޭނީ ދެއްލީ ކެޕިޓަލްސްއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް