ads
ބިލީ އައިލެޝް--
މަޝްހޫރު ވާން ނިވާކަން ކުޑަ ހެދުން ލާކަށް ނުޖެހޭ: ބިލީ އައިލިޝް
އުމުރުން އެންމެ 17 އަހަރުގައި އެންމެ ފުރަތަމަ ނެރުނު އަލްބަމުން ވެސް ހަތަރު ގްރެމީ އެވޯޑާއެކު ރިކޯޑް މުގުރާލާފައިވާ ބިލީ އައިލިޝް އަކީ އޭނަ ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލްގެ ސަބަބުން މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މަޝްހޫރު ތަރި އެކެވެ.

ބިލީ ބުނީ އޭނާ ހުންނަ ގޮތް މީހުންނަށް ބަލައި ނުގަނެވޭ ނަމަ އަދި ފައިސާ ލިބޭނީ ކުރަން ބޭނުން ނުވާ ކަމެއް ކޮށްގެން ނަމަ އެ ފައިސާ ބޭނުން ނުވާ ކަމަށެވެ. 

ބިލީ ބުނެފައި ވަނީ އޭނާ ހެދުން އަޅާނެ ގޮތެއް އިނގޭނީ އޭނައަށް ކަމާށައި ލާން ބޭނުން ނުވާ އެއްޗެއް ބައެއްގެ ހިތްހަމަޖެހުމަށްޓަކައި ނުލާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

your imageބިލީ އައިލިޝް--

އޭނާ ބުނީ މީހުންގެ ލޯބި ހޯދަން ނިވާކަން ކުޑަ ހެދުން އަޅަން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ލޯބި ލިބެނީ އެގޮތަށް ނަމަ އެ ލޯބި ވެސް ބޭނުން ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ބިލީ ފާހަގަކުރެވެނީ އެހެން މަޝްހޫރު ސެލެބްރިޓީންނާއި ހިލާފަށް ހަށިގަނޑު ވަރަށް ބޮޑަށް ފޮރުވޭ ގޮތަށް ހެދުން އަޅާ މީހެއްގެ ގޮތުގައެވެ.  

91%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް