ads
މާފުށި--
ގެސްޓުހައުސްތައް އަލުން ހުޅުވަން މިނިސްޓަރު މައުސޫމް ކ. މާފުއްޓަށް ވަޑައިގަންނަވަނީ
ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސް އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހު މާދަމާ އަލުން ގެސްޓުހައުސްތައް ހުޅުވާލަން ތައްޔާރުވުމާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކ. މާފުއްޓަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ގެސްޓުހައުސް ވިޔަފާރީ އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން މާފުއްޓަށް މިނިސްޓަރު މައުސޫމް ވަޑައިގަންނަވަން ހަމަޖެހުނީ މާދަމާ އެ ރަށަށް ދާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ކަމަށެވެ. 

އަލުން ގެސްޓުހައުސްތައް ހުޅުވަން ތައްޔާރުވަމުން ދާއިރު، އެކަން ފާހަގަކުރުމަށް މާފުށީގައި ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ޖުލައި 15 ގައި ފަތުރުވެރިން ރާއްޖެ އަންނަން ފެށި ނަމަވެސް ގެސްޓްހައުސްތަކަށް ދިޔުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. މާދަމާއިން ފެށިގެން ހުޅުވާލަން ނިންމާފައި ވަނީ ވަކި މިންގަނޑުތަކެއް ފުރިހަމަވާ ތަންތަނެވެ.

އެގޮތުން ގެސްޓުހައުސް އާއި އެ ގެސްޓްހައުސެއް ހުންނަ ރަށުގެ ކައުންސިލުން ވެސް އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާއްމުކޮށްފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް