ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
ޖިންސީ ގޯނާގެ މައްސަލައިގައި އަލީ ވަހީދަށް ދައުވާކުރަން ފޮނުވައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައާ ގުޅިގެން ލިޔެކިޔުންތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް އިސްލާހުކޮށް، މިމަހުގެ ހަތް ވަނަ ދުވަހު ވަނީ މައްސަލައިގެ ލިޔެކިޔުންތައް ޕީޖީ އޮފީހަށް ފޮނުވާފައި ކަމަށެވެ. 

އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތު ތަކެއް ކުރުމަށްފަހު އެތަނުގެ ބައެއް މުވައްޒަފުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށާއި، ޖެންޑާ މިނިސްޓްރީއަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހެޅުމުން މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެވެ. އަދި މަގާމުން އިސްތިއުފާ ނުދިނުމުން ރައިސް ވަނީ އަލީ ވަހީދު މަގާމުން ދުރުކޮށްފަ އެވެ. 

އެމައްސަލައިގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލާއި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހަށްވެސް ހާޒިރުކޮށްފައިވެ އެވެ. 

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އަލީ ވަހީދު ވަނީ ދޮގުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް