ads
މަންދު ކޮލެޖުގެ ގްރެޖުއޭޝަން ހަފުލާއެއްގެ ތެރެއިން--
ޒަކާތު ފަންޑުން މަތީ ތައުލީމު ހާސިލުކުރަން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
މަތީ ތައުލީމް ހާސިލުކުރަން ބޭނުންްވާ ދަރިވަރުންގެ ތެރެއިން މާލީ ފުއްދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ނުގެންދެވިވާ ދަރިވަރުންނަށް އެހީއަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ، އަހުމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތީ ތައުލީމް ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ފުއްދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދަން ދަތިވެފައިވާ ދަރިވަރުންނަށް ހާއްސަ އެހީއަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. 

އެގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ކުރިމަތިލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

ޒަކާތު ފަންޑުން ސްކޮލާޝިޕަށް އެދުމުގެ އުސޫލު މިހާރު އާންމުކޮށްފައިވާއިރު އެހީއަށް އެދި ހުށަހަޅާ ދަރިވަރުންނަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރަކަށް ވާންޖެހެ އެވެ. އަދި އެ ފަރާތަކީ ޒަކާތް ލިބުން ހައްގުވާ ގިންތިއެއްގައި ހިމެނޭ ފަރާތަކަށް ވާންޖެހެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް