ads
ތ. ވިލުފުށި--
ވިލުފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި
ތ. ވިލުފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވިލުފުށީގައި މީހުން ދިރިއުޅޭ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ދެ ދިވެހި ފިރިހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އެގޮތުން އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނެކާއި 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ 36 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު 26 އަހަރުގެ މީހާ ދޫކޮށްލާފައި ވަނީ ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް 15 ދުވަސް ވަންދެން ރަށުން ބޭރަށް ނުދިއުމަށް އަންގަ އެވެ. 

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އައި ނަމަވެސް ވަގަށް ނެގީ ކިހާ ފައިސާއެއް ކަމަށް ފުލުހުން ނުބުނެ އެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް