ads
އޭޑީކޭގެ އަތް ހިއްކާ މެޝިނަކާއި އެ ތަކެތި ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ--
އޭޑީކޭގެ އާއްމު ފާހާނާތަކުގައި ހުރި އަތް ހިއްކާ މެޝިންތައް ވަގަށް ނަގައިފި
އޭޑީކޭ ހޮސްޕިޓަލުގެ އާއްމު ފާހާނާތަކުގައި ހަރުކޮށްފައި ހުރި އަތް ހިއްކާ މެޝިންތައް ވަގަށް ނަގައިފި އެވެ.

ތުހުމަތު ކުރެވޭ މީހަކު އެ ހޮސްޕިޓަލުގެ ފާހާނާތަކަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތަކެއް އޭޑީކޭއިން ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

އެ ވީޑިއޯއިން ފެންނަނީ ކަޅު ދަބަހެއް އަޅައިގެން ހުރި ފިރިހެނަކު ފިރިހެނުންގެ އާއްމު ފާހާނާއަށް ވަނުމަށް ފަހު ނިކުމެ، އަނެއްކާ ޖެހިގެން ހުރި އަންހެނުންގެ ފާހާނާއަށް ވަންނަ މަންޒަރެވެ.

އޭޑީކޭއިން ބުނީ އައް ސާފުކޮށް ބެހެއްޓުމުގެ ރީތި އާދަތަކުގެ ތެރޭގައި ރަނގަޅަށް އޮތް ދޮވުމަށް ފަހު ހިއްކުމަކީ ކުރަން ޖެހޭ ކަމަކަށް ވާތީ އާއްމު ފާހާނާތަކުގައި އަތް ހިއްކާ މެޝިން ހަރު ކުރީ ވަރަށް ފަހުން ކަމަށެވެ.

އެކަމަކު އޭގެ ތެރެއިން ބައެއް އެއްޗެހި ވަގަށް ނަގަމުންދާ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ. 

މީގެ ކުރިން އޭޑީކޭގައި ހަރުކޮށްފައި ހުރި ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ވެސް ދިމާވި އެވެ. އެކަމާ ގުޅިގެން ވެސް އެ ހޮސްޕިޓަލުން ވީޑިއޯ އާއްމު ކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް