ads
ކާނި ޕާމް ބީޗް ހުޅުވުމުގެ ރަސްމިއްޔާތު-- ފޮޓޯ: ކާނި
ރާއްޖޭގެ އެންމެ ބޮޑު ގެސްޓުހައުސް މާފުށީގައި ހުޅުވައިފި
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ގެސްޓުހައުސް ކ. މާފުށީގައި މިއަދު ހުޅުވައިފި އެވެ.

ބާރަ ބުރިއަށް ހަދާފައިވާ ކާނި ޕާމް ބީޗް ގެސްޓުހައުސް ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ގެސްޓުހައުސްތައް ބަންދު ކުރުމަށް ފަހު މިއަދު އަލުން ހުޅުވާލުން ފާހަގަކުރުމަށް މައުސޫމް ވަނީ މާފުއްޓަށް ވަޑައިގެންފަ އެވެ.

ރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކު ގެސްޓުހައުސްގެ ވިޔަފާރި ހިންގާ މާފުށީގައި ހުޅުވި ކާނި ޕާމް ބީޗް ގެސްޓުހައުސްއަކީ 61 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ ތަނެކެވެ.

އެތަނުގައި 253 އެނދު ހިމެނޭއިރު، އިވެންޓުތަކަށް ހާއްސަ 130 މީހުންގެ ހޯލެއް ވެސް އެ ގެސްޓުހައުސްގައި ވެއެވެ. އޭގެ އިތުރުން ރޫފްޓޮޕް ޕޫލަކާއި، ސްޕާ އަދި ކުޅިވަރު ކުޅޭ ވަސީލަތްތައް އެތަނުގައި ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް