ads
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކާރެއްގައި--
ވެހިކަލް ލިމިޓް ކުރަން ގާނޫނެއް ހަދަނީ
ރާއްޖެއަށް އެތެރެ ކުރާ ވެހިކަލްގެ އަދަދު ކޮންޓްރޯލް ކުރުމަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މާލޭގައި ތޮއްޖެހުން އިތުރުވެ، ވެހިކަލްގެ އަދަދު އިންތިހާއަށް އިތުރު ވާން ފެށުމުން އެފަދަ ގާނޫނެއް ވުޖޫދު ކުރުމުގެ ވާހަކަ މީގެ ކުރިން ވެސް ދެކެވުނެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ އަހަރަކު އެވްރެޖުކޮށް 13،000 ވެހިކަލް ރާއްޖެ އެތެރެ ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެތެރެކޮށްފައިވާ ވެހިކަލްތައް މަދު ނުކުރެވޭ ނަމަ އަންނަ އަހަރު އެތެރެ ކުރާނެ ވެހިކަލްތައް މާލޭގައި ޖާގައެއް ނޯންނާނެ ކަމަށެވެ.

އެކަމަކު ވެހިކަލް އެތެރެ ކުރާ ވަރު ލިމިޓު ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށާއި ވެހިކަލް އިމްޕޯޓް ކުރުމާ ބެހޭ ހާއްސަ ގާނޫނެއް ހެދުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު ރައީސް އޮފީހުގެ ލީގަލް ބޭފުޅުން އެބަ ކުރައްވާ،" ޝިމާޒު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން އަދި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ސިޓީ ކައުންސިލުގެ ބޭފުޅުން މިއަދު މަޖިލިސް ކޮމިޓީއަށް ހާޒިރު ކުރީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާ ކުރުމަށެވެ.

އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އެއްގަމު އުޅަނދު ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ހެދުމާއި އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް ހަދާ އިސްލާހެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް