ads
ކަސްޓަމްސް ބިލްޑިންގް---- ފޮޓޯ:ޕީއެސްއެމް
މިދިޔަ މަހު ކަސްޓަމްސް މެދުވެރިކޮށް ލިބުނު އާމްދަނީ 59 އިންސައްތަ ދަށަށް
މިދިޔަ ސެޕްޓެމްބަރު މަހު ދައުލަތަށް މޯލްޑިވްސް ކަސްޓަމްސް މެދުވެރިކޮށް ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 50 އިންސައްތަ ވަނީ ދަށްވެފަ އެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު ވަނީ 1.9 ބިލިއަން ރުފިޔާ އަށް ދަށްވެފައި ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން، ފާއިތުވި ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 59 އިންސައްތަ ދަށަށް ގޮސްފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 292 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނީ 119 މިލިއަން ރުފިޔާ އެވެ. 

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ސިންގަޕޫރެވެ.

އެގޮތުން ޗައިނާ އިން 345 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 275 މިލިއަން ރުފިޔާ އަދި ސިންގަޕޫރުން 217 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އެތެރެކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް