ads
އާމިރު އަދި ޖުނައިދު--
އާމިރު ހާނުގެ ދަރިފުޅު ތިއޭޓަރު އެކްޓަރެއްގެ ގޮތުގައި
އާމިރު ހާނުގެ އެންމެ ދޮށީ ދަރިފުޅު ޖުނައިދް ހާން ތިއޭޓަރު އެކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެނުނީ 2017 ވަނަ އަހަރު އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ މަސައްކަތުގައި މެދުނުކެނޑި އޭނާ އުޅޭތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.

ތިއޭޓަރު އެކްޓަރެއްގެ ގޮތުގައި ތިން އަހަރުގެ ތަޖުރިބާ ލިބިފައި ވާއިރު، ޖުނައިދު ވަނީ އެމެރިކަން އެކެޑެމީ އޮފް ޑްރެމެޓިކް އާޓްސްގައި ދެ އަހަރު ކިޔަވާފަ އެވެ. ލޮސް އެންޖެލަސްގައި ހުންނަ އެ ސްކޫލުގައި އިތުރު އެއް އަހަރު އޭނާ މަޑުކުރީ ޑްރާމާތައް ކުޅުމަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުން ކަމަށް ވެއެވެ.

"އަ ފާމިން ސްޓޯރީ"، "އަ ފިއު ގުޑް މެން". "މެޑިއާ"، އަދި "ބޯން އޮފް ކޮންޓެންޝަން" ފަދަ ތިއޭޓާ ޑްރާމާތައް މިހާތަނަށް އޭނާ ވަނީ ހުށަހަޅާފަ އެވެ. 

ރިޕޯޓުތައް ބުނާ ގޮތުން ޖުނައިދަކީ އެ މަސައްކަތް ވަރަށް ޝައުގުވެރިކަމާއެކު ކުރާ އަދި ރިހާސަލްތަކުގައި ފުރިހަމައަށް ބައިވެރިފާ ފަންނާނެކެވެ. 

ތިއޭޓަރު އެކްޓަރެއްގެ ގޮތުގައު ޖުނައިދު އަދިވެސް އުޅެމުން ދާއިރު ބޮލީވުޑުގެ އެހެން މަޝްހޫރު ތަރިންގެ ދަރިން މަސައްކަތް ކުރަމުން ދަނީ ފިލްމު އިންޑަސްޓްރީއަށް ވަނުމަށެވެ.

ނަމަވެސް މިހާރު އުމުރުން 27 އަހަރުގެ ޖުނައިދު ވަނީ ބައްޕަ އާމިރުގެ ފިލްމު "ޕީކޭ" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. 

ޖުނައިދާއި އައިރާ އަކީ އާމިރުގެ ފުރަތަމަ އަންހެނުން ރީނާ ދައްތާއާއެކު ލިބިފައިވާ ކުދިންނެވެ. މިހާރު ކައިވެނިކޮށްގެން އުޅޭ ކިރަން ރާއޯ އަށް ވެސް އާޒާދު ނަމަކަށް ކިޔާ ކުއްޖަކު ލިބިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް