ads
ފެޑެރޭޝަން ކަޕްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް
ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހު ފަށަނީ
ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަން، އަންނަ ޑިސެމްބަރު މަހު ފަށަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ. ކޮވިޑާ ގުޅިގެން ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަންވެސްވަނީ ފުރިހަމަ ނުކޮށް، ކެންސަލްކޮށްފައެވެ.

ބުރާސްފަތި ދުވަހު އޮތް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ބައްދަލުވުމެއްގައި ނިންމާފައިވަނީ، ޑިސެމްބަރު މަހުގެ ނަވާރަވަނަ ދުވަހު ފެޑެރޭޝަން ކަޕުން އާ ސީޒަން ފަށާށެވެ. ބަންގްލަދޭޝްގެ ޓްރާންފާ ޕީރިއަޑެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ފަނަރައަށެވެ.

ބަންގްލަދޭޝް ފެޑެރޭޝަނުން އެ ގައުމުގެ ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހުގެ ނަވާރަވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، ފެޑެރޭޝަންގެ ވިސްނުން ހުރީ ޓީމުތަކުން ކުރަން ޖެހޭ ދަތުރުތައް ވީހާވެސް މަދުވާނެ ގޮތަކަށް މުބާރާތްތަކުގެ ޝެޑިއުލް ރޭވުމަށެވެ. އެ ގޮތުން މިހާތަނަށް މެޗުތައް ކުޅޭނެ ހަ ސްޓޭޑިއަމެއް ފައިނަލަށް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ބަންގްލަދޭޝް ލީގު އަދި ފެޑެރޭޝަން ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނިއުރޭޑިއަންޓްގެ ކުރީ ކޯޗު އޮސްކާ ބްރޫޒޮން ކޯޗު ކޮށްދޭ ބޮޝަންދްރާ ކިންގްސް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް