ads
ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް އެމްޓީސީސީގެ އެމްޑީ ބައްލަވަނީ-- ފޮޓޯ: އެމްޓީސީސީ
ހޯރަފުށީ އެއާޕޯޓް 11 ނޮވެމްބަރަށް ނިންމަނީ
ހއ. ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް 11 ނޮވެމްބަރަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.

އެމްޓީސީސީން މިފަދައިން ބުނެފައިވަނީ ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް އެކުންފުނީގެ އެމްޑީ އާދަމް އާޒިމް މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅަށް ފަހުގަ އެވެ. 

އެމްޓީސީސީން ބުނެފައިވަނީ އެކުންފުނިން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަނީ ނޮވެމްބަރު 11 ވަނަ ދުވަހަށް އެ އެއާޕޯޓްގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ. 

ހޯރަފުށި އެއާޕޯޓް ޕްރޮޖެކްޓުގެ ދަށުން އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި 8،635 އަކަ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭ އެއް ތަރަޢްގީ ކުރާނެ އެވެ. އަދި 9،473 އަކަ މީޓަރުގެ ޕާކިން އޭރިއާ އަކާއި 1،718 އަކަ މީޓަރުގެ ފަޔާ އެކްސެސް ރޯޑް އެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އާއި ބީޗް ފެންސް އޭރިއާ އެއް ތަރައްގީކުރާނެ އެވެ. 

އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ 842،200 އަކަ މީޓަރުގެ ބިން ހިއްކައި ނިންމާލާފައި ވަނީ 2019 ވަަނަ އަހަރުގެ އޮގަސްޓު މަހު އެވެ. އަދި 1،120 މީޓަރުގެ ރިވެޓްމެންޓުގެ މަސައްކަތް ނިންމާލާފައި ވަނީ މިއަހަރުގެ މާޗް މަހު އެވެ. 

އެތެރޭގެ އުދުހުން ތަކަށް ހާއްސަކޮށްގެން ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ ޖުމްލަ އަގަކީ 198 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް