ads
ހުޅުމާލެ ބީޗް ސަރަަހައްދު--
ހުޅުމާލޭ ޓްރެކް ސަރަހައްދު ސާފު ކުރަނީ
ހުޅުމާލޭ އިރުމަތީ ފަރާތު ޓްރެކް ސަރަހައްދުގައި އުފެދިފައިވާ ކުނިބުންޏާއި މަރުވެފައިވާ ގާތައް ނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ހުޅުމާލޭ ބަލަހައްޓަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި އުފެދިފައިވާ ކުނި ބުންޏާއި މަރުވެފައިވާ ގާތަކުގެ ސަބަބުން އެ ސަރަހައްދު ބޭނުން ކުރާ މީހުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެ ކޯޕަރޭޝަނުގެ ފަރާތުން މާދާމާ ހެނދުނު 7:00 އިން 10:00 އަށް ހުޅުމާލޭ ޓްރެކް ސަރަހައްދުގައި އުފެދިފައިވާ ކުނިބުންޏާއި މަރުވެފައިވާ ގާތައް ނަގާ ސާފުކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒްގެ އިސް ނެންގެވުމާއެކު، ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

އެކޯޕަރޭޝަނުގެ ފަރާތުން އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ހާއްސަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އާއްމުން އެއްވެ އުޅުމުގެ މިންގަނޑުތަކާ ހިލާފުނުވާނެފަދަ ގޮތަކަށް ރާވައިގެން ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ މީގެ ކުރިންވެސް ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ސާފު ކުރުމުގެ ހަރަކާތްތަށް ހިންގާފައެވެ. އެގޮތުން މިއަހަރުގެ އޮގަސްްޓް މަހުގެ ތެރޭގައި ހުޅުމާލެ ފަޅުތެރެ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން ވަނީ ތިން ދުވަސް ތެރޭ 25 ޖަންބޯ ގޯނީގެ ކުނި ހުޅުމާލެ ފަޅުތެރެއިން ނަގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް