ads
ކްރިސީ އަދި ލެޖެންޑް--
ދަރިފުޅު މަރުވުމުން ޖޯންގެ ޓްރިބިއުޓެއް ކްރިސީއަށް
މާ ގިނައިން ލޭ ފޭބުމުގެ ސަބަބުން ކްރިސީ ޓެއިގެންގެ ދަރިފުޅު ބައިގެން ދިޔުމުން އޭނާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑް ޓްރިބިއުޓެއް ދީފި އެވެ.

ޖޯން ވަނީ ކްރިސީ ދެކެ ލޯބިވާކަން ހާމަކޮށް އިންސްޓަގްރާމަށް ވީޑިއޯއެއް ޕޯސްޓުކޮށްފަ އެވެ. އަދި ކްރިސީއަށް ހާއްސަ ލަވައެއް ވެސް އެ ވީޑިއޯގައި ކިޔައިދިނެވެ. 

އޭނާ ބުނީ އާއިލާއެއްގެ ގޮތުގައި އުފާވެރިކަމާއި ހިތާމަ އިހުސާސް ކުރަމުންދާ ކަމަށާއި ކްރިސީގެ ހިތްވަރާ މެދު ހައިރާންވާ ކަމަށެވެ. އަދި ދުނިޔޭގައި ދިމާވާ ކޮންމެ ކަމެއްގައި ވެސް ދެ މީހުން އެކުގައި އަތު ގުޅާލައިގެން ކުރިއަށް ދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކްރިސީ އާއި ޖޯންގެ ތިންވަނަ ދަރިފުޅު، ޖެކް، މަރުވިކަން އެ މީހުން އިއުލާން ކުރީ އޮކްޓޯބަރު 1 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް