ads
ނޯޑްވިންޑް އެއާލައިންސްގެ ފްލައިޓެއް--
ރަޝިއާގެ ނޯޑްވިންޑް އެއާލައިންސްގެ ދަތުރުތައް މި މަހު ރާއްޖެއަށް ފަށަނީ
ރަޝިއާގެ ނޯޑްވިންޑް އެއާލައިންސްގެ ދަތުރުތައް މި މަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއާލައިނުގެ ފްލައިޓެއް ރަޝިއާގެ ޝްރެމެޓްވެޔޯ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 27 ގައެވެ. އަދި އޮކްޓޯބަރު 28 ގައި އެނބުރި ރަޝިއާއަށް ދާނެ އެވެ.

އެއާއެކު ނޯޑްވިންޑް އެއާލައިންސްއިން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެ އެވެ. އެއީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހަކު އެވެ. އެ ފްލައިޓުތައް އެނބުރި ރަޝިއާއަށް ދާނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހު އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ބޯޑަރުތައް ހުޅުވާލި ފަހުން ރާއްޖެއަށް ދަތުރުތައް ފެށި ރަޝިއާގެ ދެވަނަ އެއާލައިނެވެ. އެއިރޯފްލޮޓް އެއާލައިނުގެ ދަތުރުތައް ވަނީ ސެޕްޓެމްބަރު މަހު ފަށާފަ އެވެ. ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ވެލާނާ ވީއައިއޭ އާ ދެމެދު ހަފްތާއަކު ދެ ދުވަހު އެ އެއާލައިނުން ދަތުރު ކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް، މިހާރު ވަނީ ހަފްތާއަކު ހަތަރު ފްލައިޓަށް އިތުރުކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް، ބޯޑަރު ބަންދުކުރުމަށް ފަހު، މިދިޔަ ޖުލައި 15 ގައި ބޯޑަރު ހުޅުވުމާއެކު ފްލައިޓުތައް ދަނީ މަޑުމަޑުން ރާއްޖެއަށް ދަތުރު ކުރަން ފަށަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް