ads
ލިވަޕޫލް އެވަޓަން މެޗު ނިމުނީ 2-2 ން އެއްވަރު ވެގެން
ޗެމްޕިއަން ލިވަޕޫލްއާ އެވަޓަންގެ މެޗު އެއްވަރު
ޕްރިމިއަރ ލީގުގައި ޑިފެންޑިން ޗެމްޕިއަން ލިވަޕޫލް- އެވަޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ އެވެ. މި މެޗު އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު، މިއަދު ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުނު އިރު ލިވަޕޫލް – އެވަޓާން މެޗު އޮތީ އެވަޓަންގެ ދަނޑުގައެވެ. މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލުން މެޗުގެ ވަރަށް ކުރީކޮޅު ޖެއްސެވެ. މި ލަނޑު ލިވަޕޫލަށް ޖަހައިދިނީ ސާޑިއޯ މާނޭއެވެ. އޭނގެ އިރުކޮޅެއް ފަހުން އެވަޓަންގެ މައިކަލް ކީން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.

ލިވަޕޫލުން ދެވަނަ ފަހަރު ލީޑު ނަގައިދިނީ ދެވަނަ ހާފުގެ ފަހުކޮޅު ސަލާހް ޖެހި ލަނޑުންނެވެ. މިއީ ސަލާހް ލިވަޕޫލަށް ޖެހި ސަތޭކަވަނަ ލަނޑެވެ. މި ލަނޑާއެކު ލިވަޕޫލުން މެޗުން މޮޅުވެއްޖެ ކަމަށް ބެލެވުނު ނަމަވެސް އެވަޓަންގެ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން އަނެއްކާވެސް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރިހަމަ ވަގުތު ހަމަވީ މި ނަތީޖާއާ އެކުއެވެ. ފަހު ވަގުތު ލިވަޕޫލުން އިތުރު ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ރެފްރީ ނިންމީ އެ ލަނޑު ގަބޫލު ނުކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް