ads
އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން---
ގާނޫނީ ވަކީލުންދެކެ ހިތްހަމަ ނުޖެހޭ ވަރަށް ގިނަ މީހުން ތިބޭނެކަން ގަބޫލު ކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު
ގާނޫނީ ވަކީލަކަށް ވުމަށް އެންމެ ފުރަތަމަ ގަބޫލުކުރަންޖެހެނީ ގާނޫނީ ވަކީލުންގެ ގޮތުގައި މަަސައްކަތްކުރާ މީހުންދެކެ ހިތްހަމަ ނުޖެހޭ ވަރަށް ގިނަ މީހުން ތިބޭނެކަން ކަމަށް އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ގާނޫނީ  ފަންނަށް ގެނެވުނު ފުރަތަމަ އިސްލާހާއި ގުޅިގެން ފަރުމާކުރެވުނު ހާއްސަ ލައިސެންސިން ޕްރޮގްރާމް ކާމިޔާބް ކުރި ފަރާތްތަކަށް ހުވާ ލަައިދުނުމަށާއި ހުއްދަ ދޫކުރުމަށް އިއްޔެ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ އެއީ އާކަމެއް ނޫންކަމަށާއި މި މުޖުތަމައުވެސް ހިމެނޭ ގޮތަށް ގިނަ މުޖުތަމައުތަކުގައި ގާނޫނީ ވަކީލުން ތަސައްވަރު ކުރެވިފައިވަނީ މުޅި މުޖުތަމައުގެ މަންފާއަަށް މަސައްކަތް ކުރާ ބަޔަކަށް ވުރެ ބޮޑަށް އެބައެއްގެ މުއްސަދިކަމާއި މާލީ ތަނަވަސްކަން އިތުރުކުރުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

"ގާނޫނީ ވަކީލަކަށް ވުމަށް އެންމެ ފުރަތަމަ ގަބޫލް ކުރަންޖެހެނީ މި ފަންނުގައި މަަސައްކަތްކުރައްވާ މީހުންދެކެ އެންމެން ހިތްހަމަ ނުޖެހޭނެކަން. މުޖުތަމައު ތެރޭގައި ވަކީލުންނާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަ ދެކެވޭ އޭގެ ތެރޭގައި ވަކީލުންގެ ސްލޫކީ މައްސަލަތައް ހިމެނޭ ކަމަށް އޭނަ ވިދާޅުވިއެވެ. މަޖާޒީ ބަސްތަކުން މުހާތަބު ކުރުމާއި އަދި ބައެއް ފަހަރު ވަކީލުންނަކީ މުޖުތަމައުއާއި ދެކޮޅަށް މަސައްކަތް ކުރާ މުޖުތަމައުގެ ދުޝްމަނުން ގޮތަށް ދޭހަވާ ފަދަ ގޮތަކަށް ތަސައްވަރުތައް އުފައްދާ އެކަންކަމާއި މެދު ބަހުސްކުރެވޭ ހާލަތްތައްވެސް ކުރިމަތިވޭ." 
ފަޑިޔާރު މުއުތަސިމް ވިދާޅުވި އެވެ.

ގާނޫނީ ވަކީލަަކަށް ވުމަކީ ހައްގެއް ނޫން ކަމަށާއި އެއީ ފުރިހަމަ ވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަވެގެން ހާސިލް ކުރެވޭ ޝަރަފެއް ކަމަށް މުހްތަސިމް ވިދާޅުވިއެވެ. އަދި މުވައްކިލުން ތަމްސީލްކުރުމަށްޓަކައި ކޯޓަށް ހާޒިރުވާ ކޮންމެ ވަގުތަކީ ހާއްސަ ޝަރަފުވެރިކަމެއް އިހްސާސް ކުރެވިގެންދާނެ ވަގުތެެއް ކަމަށް މުއުތަސިމް ވިދާޅުވިއެވެ. 

މުއުތަސިމް ވިދާޅުވީ ހަމައެކަނި މަލީ ތަނަަވަސްކަން ހޯދުމުގެ ބޭނުމުގައި ގާނޫނީ ވަކީލުކަން ކުރުމަށް އުޅޭ މީހަކަށް ގާނޫނީ ޒިންމާއެއް އަދާ އެކުރެވެނީ ގޯސް ވިސްނުމެއްގެ މަށްޗައް ބަރޯސާވެގެން ކަމަށެވެ. އެ ނިޔަތުގައި އެ ފަންނު ގެ ތެރެއަށް ވަންނަ މީހާ ވެގެންދާނީ ނާކާމިޔާބު މީހަކަށް ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

އޭގެ އިތުރުން އިންސާނީ ހައްގުތައް ގެއްލިފައިވާ އެތައް ބަޔަކު މުޖުތަމައު ތެރޭގައި އުޅޭކަން ފާހަގަކުރައްވާ މުއުތަސިމް ވިދާޅުވީ އެފަދަ ކަންކަން މުޖުތަމައު ތެރޭގައި ހިނގާ ކޮންމެ ފަހަރަކު އެފަދަ ކަންކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވެ އަޑު އުފުލާ ބަޔަކީ ވަކީލުން ކަމުގައި ވާންޖެހޭ ކަމަށެވެ.

އަދި ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ވަކީލުންނަކީވެސް ގާނޫނީ އިލްމްގެ ތެރެއިން ކޮންމެ ދުވަހަކު އާ ތަޖުރިބާތަކެއް ކުރައްވާ އާ ކަންތައްތަކެއް ދަސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ގާނޫނީ ވަކީލުކަމުގެ ފަންނަކީ ނުހަނު ބޭނުންތެރި ހިދުމަތްތަކެއް ރައްޔިތުންނަށާއި ގައުމަށް ކޮށްދެވޭނެ ދާއިރާއަކަށް ކަމަށާއި އެ ހިދުމަތް ކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ހިފަހައްޓަން ޖެހޭ ސްލޫކީ މިންގަނޑު ހިފަހައްޓާ ހިދުމަތް ހޯދާ ފަރާތަތަކަށް އިހްލާސްތެރިކަމާއި ތެދުވެރިކަމާއިއެކު ހިދުމަތް ކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނީ ފަންނަށް ގެނެވުނު ފުރަތަމަ އިސްލާހާއި ގުޅިގެން ފަރުމާކުރެވުނު ހާއްސަ ލައިސެންސިން ޕްރޮގްރާމް ކާމިޔާބް ކުރި ފަރާތްތަކަށް ހުވާ ލަައިދުނުމަށާއި ހުއްދަ ދޫކުރުމަށް އިއްޔެ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ޖުމުލަ ހަ ބެޗެއްގެ 277 ކުއްޖަކު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް