ads
ލިލީ ބީޗް އެންޑް ސްޕާ ރިސޯޓް
ރިސޯޓްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 39 އަކަށް
ރިސޯޓްތަކުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 39 އަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ރިސޯޓްތަކުން ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 14 އަރާފައެެވެ. އަދި ރިސޯޓްތަކުގައި މަސައްކަަތްކުރާ 25 މުވައްޒަފަކަށް ވެސް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް 12 ރިސޯޓަކުން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުން ފެނިފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 26،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.   

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް މިމަހުގެ 15 ވަނަ ދުވަހު އަލުން ވަނީ ހުޅުވާފަ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި އެންމެ ފަހުގެ ތަފްސީލްތަކަށް ބަލާއިރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 11،178 މީހެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް