ads
އެންޓިބޮޑީ ޓެސްޓް ހަދަނީ--
އެންޓިބޮޑީ ޓެސްޓް ހަދާ ނިމޭނީ މަސް ދުވަސް ފަހުން
މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ހަދަމުން އަންނަ އެންޓިބޮޑީ ޓެސްޓް ހަދައި ނިމޭނީ ހަތަރު ވަރަކަށް ހަފުތާ ފަހުން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ގައުމީ ޔުނިވާސިޓީގެ ޑީން އޮފް ރިސާޗު ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިހާރު އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ އެންޓި ބޮޑީ ޓެސްޓް ހަދަމުން އަންނައިރު ހުރިހާ އުމުރުފުރާއެއްގެ މެދުގައި އެ ޓެސްޓް ހެދުމަށް ގާތްގަނޑަކަށް ހަތަރުވަރަކަށް ހަފުތާ ނަގާނެ އެވެ. 

ޑރ. ރަހީމާ ވިދާޅުވީ އުމުރުފުރާގެ މެދުގައި އެންޓިބޮޑީ ޓެސްޓް ހެދުމަށް މީހުން ނަގަމުންދަނީ ރެންޑަމްކޮށް ކަމަށެވެ. އެގޮތުން ސްކޫލުތަކާއި ގުޅިގެން އެ ޓެސްޓް މިހާރު ހަދަމުން އަންނައިރު ވެސް ނަގަމުންދަނީ ރެންޑަމްކޮށް ކަމަށް ވިދާޅުވި އެވެ. އެގޮތަށް ރެންޑަމްކޮށް ނަގަމުންދަނީ މުޖުތަމައުގައި ބަލި އޮތް މިންވަރު ރަނގަޅަށް ދެނެގަންނަން ކަމަށް ވިދާޅުވި އެވެ. 

"އެހެންވީމަ 18 އަހަރުން މަތީގެ މީހުން ހޮވާއިރު ވެސް ގުރުއަތުން ނޫނިއްޔާ ރެންޑަމް ސާމްޕްލިންއެއް ނަގާނީ. މީގެ ބޭނުމަކީ ވީހާވެސް ސައިންޓިފިކްކޮށް މި ރިސާޗުކުރުމާއި ބަލި ހަގީގަތުގައި މުޅި މާލެ ތެރޭގައި ފެތުރިފައިވަނީ ކިހާ ވަރަކަށްތޯ ބެލުން،"

އޭގެ އިތުރުން ޑރ. ރަހީމާ ވިދާޅުވީ މިހާރު ޓެސްޓްކުރަމުންދާ 18 އަހަރުގެ އުމުރުފުރާގެ ޓެސްޓްތައް ހަފުތާއެއްގެ ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައި ހުރިއިރު ހުރިހާ އުމުރުފުރާއެއް ނިންމާލެވޭނެ ކަމަށް ބެލެވެނީ ހަތަރު ހަފުތާ ފަހުން ކަމަށެވެ.

އެންޓިބޮޑީ ޓެސްޓް ހަދަމުންދަނީ ރާއްޖޭގައި ކޮވިޑަށް ހުށަހެޅިފައިވާ އާބާދީގެ އިންސައްތަ ދެނެގަތުމަށެވެ. މިހާރު މާލޭ ސަރަހައްދުގައި ކުރިއަށްދާއިރު އަތޮޅު ތެރޭގައި ވެސް އެ ޓެސްޓްތައް ހަދަން ނިންމާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް