ads
ޗެލްސީ- ސައުތަމްޓަމް މެޗުގެ ތެރެއިން
ޗެލްސީ މެޗުވެސް އެއްވަރު
ޕްރިމިއަރ ލީގުގައި ޗެލްސީއާ ސައުތެމްޓަންގެ މެޗުވެސް އެއްވަރު ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާ ސައުތެމްޓަންގެ މެޗު އެއްވަރުވީ ތިން ލަނޑު ތިން ލަނޑުންނެވެ.

ޗެލްސީން އެ ޓީމުގެ އަމިއްލަ ސްޓޭޑިއަމް ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ޗެލްސީގެ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ޖެހި ދެ ގޯލާ ޗެލްސީން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ސައުތެމްޓަންއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖެއްސެވެ. އެ ލަނޑު ޖަހައިދިނީ ޑެނީ އިންގްސްއެވެ.  

ދެވަނަ ހާފުގެ ކުރީކޮޅު ސައުތެމްޓަނުން އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ދޭއް ދޭކަށް ހެދިއެވެ. މި ލަނޑު ޖަހައިދިނީ ޗޭ އެޑަމްސްއެވެ. އޭނގެ އިރުކޮޅެއް ފަހުން ކައި ހަވާޓްޒް ވަނީ ޗެލްސީ އަށް އަލުން ލީޑުނަގައިދީފަ އެވެ. އެހެންނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސައުތެމްޓަން އަނެއްކާވެސް ލަނޑެއް ޖަހައި އެއްވަރު ކުރީއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދީ މެޗުން ޕޮއިންޓެއް ހޯދައިދިނީ ޔަނިކް ވެސްޓެގާޑްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް