ads
ހުޅުމާލޭ މެޑިކަލް ފެސިލިޓީ--
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ އަދަދު 39 އަށް
ރާއްޖެއިން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 39 އަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 39 އަށް ދަށްވެފައިވާއިރު އިއްޔެ އެ އަދަދު އުޅުނީ 43 ގަ އެވެ. 

ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެފައިވައިރު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވެސް ވަނީ 11،210 އަށް އަރާފަ އެވެ. އަދި ބަލިން 10،164 މީހަކު ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1002 ގަ އެވެ. 

މިއަދު ރާއްޖެއިން އިތުރު މީހަކު ކޮވިޑްގައި މަރުވެފައިވާއިރު އެއާއެކު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް