ads
ޗެންނާއީގެ ކެޕްޓަން އެމްއެސް ދޯނީ--
އައިޕީއެލް: ފުލުގައި އޮތް ރާޖަސްތާނު އަތުން ބަލިވެ ޗެންނާއީއަށް ހާސްކަން
ޓޭބަލްގެ އެންމެ ފުލުގައި އޮތް ރާޖަސްތާނު ރޯޔަލްސް އަތުން ބަލިވެ، މުބާރާތުގެ ފެވަރިޓެއްގެ ގޮތުގައި ބެލެވުނު ޗެންނާއީ ސުޕަ ކިންގްސްއަށް ޕްލޭ އޮފަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

ޓޭބަލްގެ އެންމެ ފުލުގައި އޮތް ރާޖަސްތާނު ރޯޔަލްސް އަތުން، މަހިންދްރަ ސިންގް ދޯނީގެ ޗެންނާއީ ސުޕަ ކިންގްސް ހޯމަ ދުވަހުގެ ރޭ ބަލިވީ ހަތް ވިކެޓުންނެވެ. ޗެންނާއީއަށް ވިހި އޯވަރުގެ ތެރޭގައި ހެދުނީ ފަސް ވިކެޓަށް އެންމެ ސަތޭކަ ފަންސަވީސް ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުތް ރާޖަސްތާނުން ތިން ވިކެޓަށް ސަތޭކަ ސައްބީސް ލަނޑު ހެދި އެވެ. 

މިއީ މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޗެންނާއީ ސުޕަ ކިންގްސްގެ އެންމެ ނަތީޖާތައް ދަށް މުބާރާތެވެ. މިހާތަނަށް ދިހަ މެޗު މުބާރާތުގައި ކުޅުނު އިރު ޗެންނާއީ ވަނީ ހަތް މެޗުން ބަލިވެފަ އެވެ. އަދި ބާކީ ހަތަރު މެޗުން މޮޅުވި ނަމަވެސް އަމިއްލަ ބާރުގައި ޕްލޭ އޮފަށް ދިޔުމުގެ ފުރުސަތު އެ ޓީމަށް މިހާރު ވަނީ ބަންދުވެފަ އެވެ. އަދި މުބާރާތުގައި ބާކީ ކުޅެން ހުރި މެޗުތަކަށް ބަލާއިރު އެންމެ ކުރިން ދެން ޗެންނާއީ ކުޅެން ޖެހޭނީ އެންމެ ފޯމުގައި އޮތް އެއް ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސްއާ އެވެ. އޭގެ ފަހުން ރޯޔަލް ޗެލެންޖާސް ބެންގަލޯ އަދި ކޮލްކަތާ ނައިޓް ރައިޑާސްގެ މެޗު ވެސް އެބަ އޮތެވެ.

ޓޭބަލްގެ ފުލުގައި އޮތް ރާޖަސްތާނު ރޯޔަލްސް އަތް ދަށުވެ، ޗެންނާއީ މިހާރު އޮތީ ފުލަށް ވެއްޓިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް